Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ފެމިލީ މިނިސްޓްރީ އަށް 40،780 ޑޮލަރު ހަދިޔާކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އީދު އުފަލުގައި ބައިވެރިކުރުމަށް އިސްލާމިކް މިނިސްޓްރީން 40،780 ޑޮލަރު ހަދިޔާކޮށްފި އެވެ.

އެ ފައިސާ އަކީ ޔޫއޭއީގެ ރެޑް ކްރެސެންޓުން މިނިސްޓްރީ އަށް ދިން 40،780.44 ޑޮލަރު (626،795.36ރ) އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އީދުގެ އުފަލުގައި ބައިވެރި ކުރުމަށްޓަކައި ދިން އެހީގައި ކުދިންނަށް އީދު ހެދުން ހޯދައި ދިނުމާއި، ބޭނުން ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށް ދޭން ހަމަޖެހިފައިވެ އެވެ. އަދި އީދު އުފަލުގައި ބައިވެރި ކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ފެމިލީ މިނިސްޓްރީން ބުންޏެވެ.

މި ހަރަކާތްތައް މާލެ އާއި އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދާނެ އެވެ.