މާލޭގެ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިފައި ހައްޔަރުކުރީ އައްޑޫ ފޭދޫ އަންދަލީބުގޭ އަހްމަދު ޝުޖާއު އެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ޝުޖާއުގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކުރީ ގިޔާސުއްދީން ސްކޫލުން ވައްކަން ކުރުމަށް ފަހު އެތަނުގެ ސެކިއުރިޓީއަށް ފިލަން ދަނިކޮށެވެ. އަދި އޭނަ މަގުމަތިން ހުއްޓުވައި ސުވާލު ކުރުމުން އެފަދަ ކަމެއް ނުކުރާ ކަމަށް ބުނި ކަމަށް ބަންދު އަމުރުގައިވެ އެވެ.
ނަމަވެސް ސްކޫލުން ވަގަށް ނެގީ ކޯޗެއް ކަމަށް އަމުރުގައި ފާހަގަކޮށްފައެެއް ނެތެވެ.
ޝުޖާއު އަކީ ކުރިން ވެސް މި ވައްކަމުގެ ގިނަ ރެކޯޑްތަކެއް އޮންނަ ވެ. އެގޮތުން، ސީފުޑް ހޯލްސޭލު ކުރާ ކުންފުންޏެއްގެ އޮފީހެއް ފަޅާލައި، އެ އޮފީހުން ވައްކަންކުރި މައްސަލައެއްގައި އޭނަ ކުރިން ޖަލަށް ވެސް ލާފައިވެ އެވެ. އަދި އޭގެ ކުރިން ވެސް ވައްކަމުގެ މައްސަލައެއްގައި އޭނަ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވެ އެވެ.