އައްޑޫގެ ޑިޖިޓަލް ގޭޓް ޕްރޮޖެކްޓުން ކައުންސިލަށް އާމްދަނީ އިތުރުވާނެ ކަމަށާއި މީގެ ބޭނުމަކީ ވެސް އެއީ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ހިތަދޫ ސިޓީ ސްކެއާ ސަރަހައްދުގައި އިއްޔެ ރޭ އައްޑޫގެ ފުރަތަމަ ޑިޖިޓަލް ގޭތް ރަސްމީކޮށް ލޯންޗްކޮށްފައިވާ އިރުު، މޭޔަރު ވިދާޅުވީ މިއީ ކުރިއަށް އޮތް ތަނުގައި މެރަތަން ކަހަލަ ބޮޑެތި އިވެންޓްތައް އައްޑު އަށް ގެނައުމަށާއި ސިޓީ ސްކެއާ ސަރަހައްދުގެ މަލަމަތި ރީތިކޮށް، ވިޔަފާރިތައް އިސްތިހާރުކޮށްގެން ކައުންސިލަށް ޢާމްދަނީ ވެސް އިތުރު ކުރުމުގެ ބޭނުމުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށެވެ.
"މިކަހަލަ ޑިޖިޓަލް ޑިސްޕްލޭތައް ސިޓީގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަކީ ކައުންސިލަށް އޭގެ ފައިދާ ކުރާނެ ކަމެއް." މޭޔަރުކަމުފެ ދެވަނަ ދައުރަކަށް ވާދަކުރައްވަމުން ގެންދަވާ ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ހިތަދޫގައި ބެހެއްޓި ޑިޖިޓަލް ގޭޓަކީ މި ޕްރޮޖެކްޓްގެ ފެށުން ކަމަށެވެ.
"ޑިޖިޓަލް ޑިސްޕްލޭތައް ސިޓީގެ އެކި ސަރަހަދުތަކުގައި ބެހެއްޓުމަކީ ކައުންސިލަށް އޭގެ ފައދާ ކުރާނެ ކަމެއް." ނިޒާރު ވިދާޅުވި އެވެ.