Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ހިތަދޫން ވަގަށް ނެގި ސާމާނުތަކެއް ހޯދައި ހަވާލުކޮށްފި

އައްޑޫ ހިތަދޫން ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރި މައްސަލަތަކަކާ ގުޅިގެން ވަގަށް ނެގި ތަކެތި ހޯދައި އޭގެ ވެރިފަރާތްތަކާ ފުލުހުން ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ ހޯދައި ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ މިދިިޔަ މަހުގެ 24 އިން ފެށިގެން އިއްޔެއާ ހަމައަށް ރިޕޯޓްކުރި މައްސަލަތަކެއްގައި ހިމެނޭ ތަކެތި ކަމަށެވެ. އޭގެ ތެރޭގައި ބައިސްކަލަކާއިި ޓީވީއަކާއި ތިން ފޯނާއި ކަރަންޓް ބުރުމާއި އާއި ކީސް ފަދަ ތަކެތި ހިމެނެ އެވެ.

ފުލުހުން އެ ވައްކަންތައް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރުމާ ގުޅިގެން އެތަނުން ތަކެރި ހޯދައި، އެ ތަކެތީގެ ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ވައްކަން ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކު ކުރެވޭ އެއްވެސް އެއްޗެއް މީހަކު ވިއްކަން އުޅޭ ނަމަ، ނުވަތަ ވިއްކުމަށް ހުށަހަޅާ ނަމަ އެފަދަ ތަކެތި އެ މީހެއްގެ އަތުން ނުގަތުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ރިޕޯޓް ކުރަން ވެސް އެދިފަ އެވެ.

ރިޕޯޓް ކުރަން ގުޅާނީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 125 އަށެވެ.