Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

އޮސްކާ: މޮޅު ފިލްމަކީ ވަން ބެޓްލް އާފްޓަ އެނަދާ

މިއަދު ބޭއްވި 98 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯގެ 'ވަން ބެޓްލް އާފްޓަ އެނަދާ' އަށް ލިބިއްޖެ އެވެ.

ޕޯލް ތޯމަސް އެންޑަސަން ޑައިރެކްޓްކުރި މި ފިލްމަކީ ބްލެކް ކޮމެޑީ އެކްޝަން ތުރިލާއެކެވެ. 'ވަން ބެޓްލް އާފްޓަ އެނަދާ' ގެ ކާސްޓްގައި ޝޯން ޕެން، ރެޖީނާ ހޯލް، ބެނީޝިއޯ ޑެލް ޓޯރޯ، ޓަޔާނާ ޓޭލާ އަދި ޗޭސް އިންފިނިޓި ހިމެނެ އެވެ.

މި ފިލްމަށް ޖުމްލަ ހަ އޮސްކާ ލިބިފައިވެ އެވެ.

'ވަން ބެޓްލް އާފްޓަ އެނަދާ' އެވޯޑް ގެންދިޔަ އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރާއި ޝޯން އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު އެޑަޕްޓެޑް ސްލްރީންޕްލޭގެ އެވޯޑާއި އެންމެ މޮޅު އެޑިޓިންގެ އިތުރުން އެންމެ މޮޅު ކާސްޓިން ހިމެނެ އެވެ.

މި ފިލްމާ އެންމެ ގާތުން ވާދަކުރީ 'ސިނާސް' އެވެ. އެ ފިލްމު ހަތަރު ކެޓަގަރީއަކުން އެވޯޑް ހިއްލާލި އެވެ.

އޮސްކާގެ އުސްއަލިތައް:

* އެންމެ މޮޅު އެކްޓަރު: މައިކަލް ބީ ޖޯޑަން (ސިނާސް)
* އެންމެ މޮޅު ބަތަލާ: ޖެސީ ބަކްލީ (ހެމްނެޓް)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: އެމީ މެޑިގަން (ވެޕަންސް)
* އެންމެ މޮޅު ސްކްރީންޕްލޭ: ސިނާސް
* އެންމެ މޮޅު ކޮސްޓިއުމް: ފްރޭންކެންސްޓީން
* އެންމެ މޮޅު މޭކަޕް/ހެއާސްޓައިލިން: ފްރޭންކެންސްޓީން
* އެންމެ މޮޅު އޮރިޖިނަލް ސްކޯ: ސިނާސް
* އެންމެ މޮޅު ސިނަމަޓޯގްރަފީ: ސިނާސް
* އެންމެ މޮޅު އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން: ފްރޭންކެންސްޓީން
* އެންމެ މޮޅު ބޭރު ސައުންޑް: އެފް1
* އެންމެ މޮޅު ވީއެފްއެކްސް: އެވަޓާ: ފަޔާ އެންޑް އޭޝް
* އެންމެ މޮޅު ބޭރު ފިލްމު: ސެންޓިމެންޓަލް ވެލިއު (ނޯވޭ)
* އެންމެ މޮޅު އެނިމޭޓެޑް ފިލްމު: ކޭޕޮޕް ޑެމޮން ހަންޓާސް
* އެންމެ މޮޅު ޑޮކިއުމަންޓަރީ ފީޗާ: މިސްޓަ ނޯބަޑީ އެގެއިންސްޓް ޕުޓިން