Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ސަލްމާންގެ ފިލްމުގެ ނަން ބަދަލުކޮށްފި

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމު 'ބެޓްލް އޮފް ގަލްވާން' ގެ ނަން ބަދަލުކޮށްފި އެވެ.

އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ އާ ނަމަކީ 'މާތުރަބޫމީ' އެވެ. އަދި ފިލްމުގެ ޓެގް ލައިނެއްގެ ގޮތުގައި ހިމަނާފައި ވަނީ "މޭ ވޯ ރެސްޓް އިން ޕީސް" އެވެ. ބެޓްލް އިފް ގަލްވާން ގެ ނަން 'މާތުރަބޫމީ' އަށް ބަދަލުކުރި އިރު، އެ ނަމުގައި ފިލްމުގެ ލަވައެއް ޖެނުއަރީ މަހުގެ ތެރޭގައި އާންމުކޮށްފައިވެ އެވެ.

ސަލްމާން ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ 'މާތުރަބޫމީ' އަކީ ހަނގުރާމަ ފިލްމެކެވެ. މިއީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އަންނަ މަހުހެ 17 އަށް ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޗިތުރަންގަދާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.