މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގައި މައްސަލަތަކެއް ހުރިކަން އެންމެން ވެސް ގަބޫލުކުރާ ކަމަށާއި، އެކަންކަން އިސްލާހުކުރުމަށް ސަރުކާރުން ތިން މައިގަނޑު އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު
އުޝާމް ވިދާޅުވެއްޖެ އެވެ.
އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިހާރު ވިދާޅުވީ އެ ތިން އިސްލާހަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާއިޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމާ ވުޅޭ މައްސަލަ ކަމަށެވެ.
މީގެ އިތުރަށް ވެސް ވެސް ގާނޫނުއަސާސީ އަށް ގެންނަން ބޭނުންވާ އެހެން އިސްލާހުތައް ވެސް މާލަސްތަކެއް ނުވެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމާއި، އެކަންކަން އިޞްލާޙުކުރަންޖެހޭކަން އެއީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް. އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް… https://t.co/rkdbNv7sxv
— Ahmed Usham (@a_usham) March 15, 2026
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފެށީ އޮގަސްޓް 7، 2008 ގަ އެވެ.
މި ސަރުކާރު އައި ފަހުން ގާނޫނުއަސާސީ ބަދަލު ގެންނަމުންދާތީ އިދިކޮޅު އެމްޑީޕީން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަަމުންނެވެ. އަދި މިކަން ކުރަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިގު ވެރިކަމެއް ކުރެއްވުމުގެ ނިޔަތުގައި ކަމަށް އެ ޕާޓީން ބުނެ އެވެ.