ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަބްދުލް މުޢިއްޒު ހަސަން ނިޔާވެއްޖެ އެވެ.
މިކަމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ އެކްސްގައި ތައުޒިޔާގެ ޕޯސްޓެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަބްދުލްމުއިއްޒު ހަސަން ނިޔާވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.
"މިއީ، އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް،" ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި މަރްހޫމްގެ އާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތައުޒިޔާ ވަނީ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަބްދުލްމުއިއްޒު ހަސަން ލެހެއްޓެވުމަށް ރައީސްގެ ޕޯސްޓުގައި ދުއާ ކުރެއްވި އެވެ.