* ބޭނުންވާ ތަކެތި:
500 ގްރާމް އަލުވި (ފެނުކައްކައި ތޮށި މަށާފައި)
2 މޭޒުމަތީ ސަމުސާ ކޮރިއެންޑަ ފަތް (ކޮށާފައި)
1/2 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ލުނބޯހުތް
1/2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑާ
1 ސައިސަމުސާ ލޮނުމެދު ޕޭސްޓް
1 ސައިސަމުސާ ކިއުމިން ޕައުޑާ
ރަހަހެޔޮވާ ވަރަށް ލޮނާއި އަސޭމިރުސް
ތެޔޮ
100 ގްރާމް ޗެޑާ ޗީޒް (ކުދި ކިއުބްކޮށް ކޮށާފައި)
1/4 ސައިސަމުސާ ޗިލީ ފްލޭކްސް އަދި އަސޭމިރުސް ޗީޒްގައި ކޯޓްކޮށްލަން
ޕޮޓޭޓޯ ޗީޒް ބޯލްސް ކޯޓް ކުރުމަށް:
2 މޭޒުމަތީ ސަމުސާ ކޯންފްލާ
2 ބިސް
1/4 ސައިސަމުސާ ލޮނު އަދި އަސޭމިރުސް
1 ކަޕް ފާރޮށި ކުނޑި
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ، ފެނުކައްކައިފައި ހުރި އަލުވި ކޮޅު ޗަސްކޮށްލައި، ކޮރިއެންޑާ ފަތާއި، ފިޔާ، ލުނބޯ ހުތް، ޗިލީ ޕައުޑަ، ލޮނުމެދު ޕޭސްޓް، ކިއުމަން ޕައުޑަރ އަދި އަސޭމިރުސް އެއްކޮށްލައި ލޮނުހެޔޮވަރުކޮށްލާށެވެ. ދެން ކިއުބްކޮށްފައި ހުރި ޗީޒްކޮޅުގައި ޗިލީ ފްލޭކްސް އަދި އަސޭމިރުސްކޮޅު ކޯޓްކޮށްލާށެވެ.
ދެން އަލުވި މިކްސް އިން ގުޅަ ޖަހައި ކޮންމެ ގުޅައެއްގެ ތެރެއަށް ޗީޒް ކިއުބްއެއްލައި ރަނގަޅަށް ބައްދާލާށެވެ. ދެން ކުޑަ ބޯތައްޓެއްގައި ބިހާއި ލޮނާއި އަސޭމިރުސް އެއްކޮށްލައި އިތުރު ދެ ތަށީގައި ކޯންފްލާ އާއި ފާރޮށިކުނޑި އަޅައި ޕޮޓޭޓޯ ޗީޒް ބޯލްސް ކޯޓްކޮށްލާށެވެ.
އެއަށްފަހު ތައްޔާރުކޮށްފައި ހުރި ޕޮޓޭޓޯ ޗީޒް ބޯލްސް ކޯންފްލާ އަށްލުމަށް ފަހު، ބިހަށްލައި ފާރޮށިކުނޑިއަށްލާށެވެ.
ދެން ތެއްލާނީ އެވެ. ނުވަތަ އަވަނަށްލައި ފިހެ ވެސް ލެވިދާނެ އެވެ.