Last Updated: July 15, 14:06
Wednesday, July 15, 2026
ޚަބަރު

ކުރީގެ އަގުގައި ތެޔޮ ފޯރުކޮށް ދޭން ނިންމައިފި

އެސްޓީއޯ / ފޮޓޯ؛ ރާއްޖެ އެމްވީ

ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ބުނެފި އެވެ.

އެސްޓީއޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު އެސްޓީއޯއިން ހަަަމަޖައްސައި ދޭން ނިންމާފައިވާ ކަމަށެވެ.

އަދި މަސްވެރިންނަށް ފަހި ހަކަތަަަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭއެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯގެ ބަޔާނުގައިވެ އެވެ.

މާލެ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަކަށް ބަދަލެއް ނާންނަ ކަމަށާއި ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑްހިންގާ ފަރާތްތަކަށް ކުރިީގެ ރޭޓްގައި ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖަައްސައި ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މި ބަދަލުތައް މި ގެނެވުނީ އާންމުންނަށް މާލީ ގޮތުން ބުރައަކަށް ނުވާ ގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށެވެ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.