މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމާއި އަދި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އިބްރާހިމް ޒިޔަތު އައްޔަނުކޮށްފި އެވެ.
އެ މަގާމަށް އިއްޔެ އޭނަ އައްޔަންކުރި އިރު ހަމަ ޑެޕިއުޓީ ސީއީއޯގައި މިހާރު ވެސް ދެ މީހަކު އެބަތިއްބެވެ. އެއީ މުހައްމަދު މުއީން އާއި އަލީ ހާޝިމެވެ.
ޒިޔަތަކީ ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާއި އެސްޓީއޯގެ ބޯޑް ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އެމްޕީއެލްގެ މިހާރުގެ ސީއީއޯ/އެމްޑީ އަކީ މުހައްމަދު ރިޝްވާނެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްުއަރީ މަހުގެ 5 ގަ އެވެ.