Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ 32 އަހަރަށް ޖަލަށްލާފައި ހުރި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަލުން ޖަލަށް ބަދަކުކޮށްފި އެވެ.

އޭނަ އަލުން ޖަލަށް ބަދަލުކުރީ ގޭބަންދުކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

ކަރެކްޝަންސް އިން ބުނީ ބައްސާމު ވަގުތީ ގޮތުން ގޭބަންދަށް އިއްޔެ ބަދަލުކުރީ އޭނަ ސާޖަރީއަކަށްފަހު ޑ.ރ ގެ މެޑިކަލް ލަފާގެ މަތިން ކަމަށެވެ.

ބައްސާމަކީދެ މައްސަލައެއްގައި ކުށް ސާބިތުވެ، ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އެއީ އެފްއޭއެމަށް 2018 ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު އޮގަސްޓް 26، 2018 ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި 9 އަހަރުގެ ހުކުމަކާއި، ކޮވިޑް ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލައިގައި 23 އަހަރުގެ ޖަލު ހުކުމެކެވެ.

މީގެ ތެރެއިން ފުރަތަމަ މައްސަލައިގެ ހުކުމް ބައްސާމްގެ ފަރާތުން މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.