Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

މީދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި

ރ. މީދޫ ހޮސްޕިޓަލްގެ ބިންގާ ފަށައިފި އެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އެ ރަސްމިއްޔާތުގައި އެ މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމާއި މަޑުއްވަރީ ދާއިރާގެ މަޖިލުސް މެންބަރު އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މީދޫ ހޮސްޕިޓަލް އަޅަން އާރްޑީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ.