ރިޔާސީ އިންތިހާާބާއި ރައްޔިިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަައެއް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް މިއަދު ވަނީ ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ފެންނަ ނުފެންނަ ވޯޓު ހުއްޓުވައި ދިނުމުގެ މައްސަލަ ހުށަހެޅީ ގާނޫނީވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމާއ އައިކު އަހުމަދު އީސާ އެވެ.
ދެވަނަ މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ. އޭނާ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައި ވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ނުފެންނަ ނުފެންނަ ވޯޓާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު، އެ ވޯޓްގެ މައްސަލަ އިދިކޮޅު އެމްޑީޕީން އޮތީ ހައި ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ނުފެންނަ ނުފެންނަ ވޯޓް ނަގަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ގައި ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކީގަ އެވެ.