Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފި

އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ވޯޓާސް ލިސްޓްގައޮ ސޮއި ކުރަން މިއަދު ފަށައިފި އެވެ.

މިކަން ކުރިއަށް ދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 އަށް ސޮއި ކުރުން ކުރިއަށް ގެންދާނެ އެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުން ކުރިއަށް ގެންދަނީ އީސީގެ އިންތިޚާބާ ބެހޭ މަރުކަޒު ގަ އެވެ.

އަންނަ މަހުގެ 4 ގައި 3 ވޯޓެއް ނަގާނެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނަގާ ވޯޓެވެ.

މި އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވޯ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.