ކުރިން ސަރުކާރުގެ ގިނަ މިނިސްޓްރީތަކެއް ހިންގި ގާޒީ ބިލްޑިން ހުރި ތަނުގައި ޕާކެއް ހަދަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން ވަނީ އެ ޕްރޮޖެކްޓް ރޯޑް ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ.
މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްގެން މިހާރު ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ. އެކަމަކު މިނިސްޓަރުގެ ޕޯސްޓްގައި ޕާކް ޑިޒައިން ދައްކުވައިދޭ ކުރެހުމެއް ހިއްސާކޮށްފައިވެ އެވެ.
މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މިމާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީއާ ޙަވާލުކޮށްގެން މިހާރު ވަނީ ފަށާފައެވެ. pic.twitter.com/9bokRq5K08
— Abdulla Muththalib (@muththo) March 16, 2026
ގާޒީ ބިލްޑިން އިމާރާތް ބިން މިހާރު ބޭނުން ކުރަނީ ޕާކިން ޒޯނެއްގެ ގޮތުގަ އެވެ. ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން އިމާރާތް ތަޅާލީ 2023 ގަ އެވެ.