Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

ކަސްޓަމްސް އިން ކަރެކްޝަނަލް ސާވިސަސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި އެވެ.

އެ ދެ މުއައްސަސާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ބަދަލު ގެންނަން ނިންމި ނެޝަނަލް ޕޭ ފްރޭމްވޯކާ އެއްގޮތަށް މުވަައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ދަށުންނެވެ. އެގޮތުން ކަރެކްޝަންސްގެ މުވައްޒަފުުންގެ މުސާރައަށް ބަދަލު ގެންނަން ނިންމީ ގާތްގަނޑަކަށް 11 ވަރަކަށް އަހަރު ފަހުންނެވެ. އެންމެ ފަހުން އެތަނުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ 2015 ގަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ސިވިލް ސާވިސް އާއި ދައުލަތުގެ އެހެން މުވައްސަސާތަކުގެ މުސާރަތައް ވެސް ބޮޑުކޮށްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި މުސާރަ އާއި އިނާޔަތްތަކަށް 17 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.