* ބޭނުންވާ ތަކެތި:
¼ ޖޯޑު އާމަންޑު
¼ ޖޯޑު ފިސްޓާޝިއޯ (ލޮނު ނުލައި ހުންނަ ވައްތަރު)
¼ ބައި ޖޯޑު ކެޒޫނަޓް (ލޮނު ނުލައި ހުންނަ ވައްތަރު)
¼ ޖޯޑު ހިކި މޭބިސް ކަދުރު
8 އޮށް ކަދުރު (އޮށް ނަގާފައި)
3 ވައްތީނި (ފިގް، ޑްރައިޑް)
2 ½ ޖޯޑު ކިރު
ހަކުރު (ފޮނިރަހަ ހެޔޮވާ ވަރަށް)
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ހުރިހާ ނަޓްސްތަކެއް ކުދިކުދިކޮށް ކޮށާލާށެވެ. އަދި ބްލެންޑަރަކަށް އަޅައި ކިރާއެކު ބްލެންޑްކޮށްލާށެވެ. އެއަށް ފަހު ބްލެންޑްކުރި އެއްޗެހީގެ ތެރެއަށް ބޭނުންވާ ވަރަށް ހަކުރާއި 2 ޖޯޑު ކިރު އަޅައި ރަގަނޅަށް މިކްސްކޮށްލުމުން މި ބުއިން ތައްޔާރުކޮށްލެވުނީ އެވެ.
މިއީ ފިނިކޮށްލައިގެން ނުވަތަ ފިނި ނުކޮށް ވެސް ބޯލެވިދާނެ ބުއިމެކެވެ.