Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ސްކޭމް މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

އެގޮތުން ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ، ވ. ރަކީދޫ، ނަރުގިސްވިލާ އިޤްބާލް (40އ)އެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް އެމީހާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް މާރިޗު 24 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވާން އޭނާއަށް ވަނީ އަންގާފައެވެ.