Last Updated: July 14, 13:21
Tuesday, July 14, 2026
ޚަބަރު

އާތިފަށް ބަޔަކު ހުރަސްއެޅުމުން ފުލުހުން ހިމާޔަތް ދީފި

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ބަޔަކު ހުރަސް އުޅުމުން ފުލުހުން ހިމާޔަތް ދީފި އެވެ.

ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ މޭޔަރަަށް ހިމާޔަތްދިނުމުގެ ގޮތުން، ފުލުހުންގެ ހިމާޔަތުގައި ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިވާ ކަމަށެވެ.

މައުލޫމާތު ޔަގީންކުރެވޭ މިންވަރުން، އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހަމަނުޖެހުމުގައި މީހަކަށް އަނިޔާއެއް ވެފައިވާ ކަމެއް އަދި މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ވެސް ފުލުހުން ދީފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ އިތުރު މީހަކާއެކު މޭޔަރު އާތިފް ކާރުގައި އިންނަވަނިކޮށެވެ.

އާތިފަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅެކެވެ.