Last Updated: June 5, 17:41
Friday, June 5, 2026
ޚަބަރު

ރައީސް ޔާމީން ވިދާޅުވި ޖިނާޢީ ދައުވާކޮށް އިމްރާން ޖަލަށް ލުމަށް ހުކުމްކޮށްފި

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އިމްރާންގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރު މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ އުފުލި ދައުވާގަ އެވެ.

އިމްރާންގެ މައްޗަށް ކުރި ޝަރީއަތުގައި މޭ 1 ގެ މުޒާހަރާގައި ހަމަނުޖެހުން ހިނގީ އިމްރާން ދެއްކެވި ވާހަކަތަކުން ކަން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.