Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މާލޭގެ ގެއެއްގައި ރޯވެއްޖެ

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައި ވަނީ ހުވަފެނީ ގޯޅީގައި ހުރި ގެއެއްގަ އެވެ.

މި ހާދިސާގެ މަޢުލޫމާތު ހެނދުނު 10:30 ގައި. ލިބިގެން އެމްއެންޑީއެފުން މިހާރު އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އަލިފާން އަދި އެއްކޮށް ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ. އަދި ހަނި ގޯޅިއެއްގައި ހުރި އެ އިމާރާތުން ބޯކޮށް ދުން އަރާ ތަން ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނީ ރޯވެފައި ވަނީ ގުދަނެއްގައި ކަމަށެވެ.