މާލޭގައި މިއަދު ރޯވި ގެއިން އަލިފާން އެއްކޮށް ކޮންޓްރޯލްވެފައިވާ ކަމަށް އެންއެންޑީއެފުން ބުނެފި އެވެ.
ރޯވެފައި ވަނީ ގ. ހިޔާރޯދީ 1 ގެ އެއްވަނަ ބުރީގަ އެވެ. ވަރަށް ހަނި ގޯޅިއަކަށްވާ ގޮތަށް ހުރި އެ ގޭގައި ރޯވެ، އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުން ވެސް ފެތުރިފައިވެ އެވެ. އެމްއެންޑީއެފުން ބުނީ ރޯވިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 10:30 އެހާކަށްހާ އިރު ކަމަށެވެ.
އަލިފާން މިހާރު ކޮންޓްރޯލްވެފައިވީ ނަމަވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު ހުރުމާ ގުޅިގެން އަލިފާން އެ ސަރަހައްދަށް ޖަމާނުވުމަށާއި، ބޭރަށް ނިކުންނަ ނަމަ ނޭފަތާއި އަނގަ ނިވާކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ރޯވި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ތަނެކެވެ.