Last Updated: July 22, 17:21
Wednesday, July 22, 2026
ޚަބަރު

ފުވައްމުލަކުގައި ވެހިކަލްތަކެއްގައި ރޯވެއްޖެ

ފުވައްމުލަކުގައި ހުރި ވެހިކަލްތަކެއްގެ ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ރޯވެފައި ވަނީ އެ ސިޓީގެ ފައުންޑޭޝަން ސްކޫލު ކައިރީގައި ހުރި ވެހިކަލްތަކެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް މިއަދު މެންދުރު 12:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލައް ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ.

ވެހިކަލްތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ 12:50 ހާއިރު އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.