އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި އެވެ.
އެ ޚިދުމަތް މިއަދު ފައްޓަވައި ދެއްވީ ހެލްތު މިނިސްތަރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް މި އަހަރު ތެރޭގައި 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 12 ރަށެއްގައި ލެބްގެ ހިދުމަތް ޚިދުމަތް ޤާއިމްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
“ހިމަންދު އަކީ އަޅުގަނޑުމެންނަށް މި ޚިދުމަތް ޤާއިމްކުރެވުނު ބާރަ ވަނަ ރަށް. އިރާދަކުރެއްވިއްޔާ ބާކީ ހުރި ހުރިހާ ރަށެއްގައިވެސް މިއަހަރު ތެރޭ މި ޚިދުމަތް ޤާއިމްކުރުން އަމާޒަކީ." ނާޒިމު ވިދާޅުވި އެވެ.
ލެބެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާ ފަދައިން ހިމަންދޫ ރައްޔިތުން ވެސް މިހާތަނަށް ދާން ޖެހެނީ، އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެ ވެސް އެހެން ރަށަކަށެވެ. ނަމަވެސް ރަށުން ހިދުމަތް ލިބެން ފެށުމުން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.