އިންޑިއާގެ ފިލްމީ ތަރި އަނިލް ކަޕޫރް 'ޔުނިފޯމް' ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނީ އަންނަ މެއި/ޖޫން ހިސާބުގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒަށް މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކުރާ ކޮޕް ޑްރާމާއެެއް ކަމަށެވެ. އޭނަ ކުރިން ޖޯން އަބްރަހަމް ހިމަނައިގެން ވެސް ކާމިޔާބު ކޮޕް ޑްރާމާއެއް ގެނެސްދިނެވެ. އެއީ ދެ ބަޔަކަށް ގެނެސްދިން 'ސަތިއަމޭވް ޖަޔަތޭ' އެވެ.
މިލަޕްގެ 'ޔުނިފޯމް' ގެ ލީޑް އެކްޓަރަކީ އޭނަ މިދިޔަ އަހަރު ގެނެސްދިން އަސަރު ގަދަ ލޯބީގެ ފިލްމު 'އޭކް ދީވާނޭ ކީ ދީވާނީޔަތު' ގެ ބަތަލު ހާޝްވަރުދަން ރާނޭ އެވެ. ނަމަވެސް އާ ފިލްމުގެ ބަތަލާ އަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.
ހާޝް މިހާރު އަންނަނީ ޖޯންއާ އެކު 'ފޯސް 3' ގެ މަސައްކަތް ކުރަމުންނެވެ.
ހާޝް ހިމަނައިގެން މިލަޕް އާ ފިލްމެއް ހަދަން ތައްޔާރީތައް ވަމުން އަންނަ އިރު، ޓައިގާ ޝްރޮފާއި ވިދުޔަތު ޖަމްވަލް ހިމަނައިގެން އޭނަ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަކަމުގެ ވާހަކަތަކެއް ވެސް ދާދި ފަހުން ދެކެވިފައިވެ އެވެ.
'ޔުނިފޯމް' ގެ ރޯލަކަށް އަނިލް، 69، ސޮއިކުރި އިރު އޭނަގެ އެންމެ ފަހުގެ ފިލްމަކީ ދާދި އިހަކަށް ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކޮށް، ބޮޑު ތަރުހީބެއް ލިބުނު 'ސުބޭދާރު' އެވެ. އަނިލްގެ ކުރިއަށް އޮތް ފިލްމަކީ ޖުލައި 10 އަށް ތާވަލުކޮށްފައި އޮތް އާލިއާ ބަޓްގެ 'އަލްފާ' އެވެ.