Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ބަނގުރާ ބުއި ބިދޭސީންތަކެއް ދިއްދޫން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާކަމުގެ ތުހުމަތުގައި ހއ. ދިއްދޫން ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ މީހަކާއި ނޭޕާލް މީހެކެވެ. އެއީ އިންޑިއާ އަށް ނިސްބަތްވާ ކަޓަވަލް ސަހިލް، 25، ޓަމަންގް ރަޓަން، 24، ގެ އިތުރުން ނޭޕާލަށް ނިސްބަތްވާތަޕާ ކެޝަބް، 21، އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރިކުރީ ރޭ ދަންވަރުގެ ވަގުތެއްގައި، މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވިގެން ދިއްދޫ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކޮށް ކަމަށެވެ. އަދި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވެ އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައިވެ އެވެ.