Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ބްރިޖް ހައިވޭގައި ވެހިކަލެއް ފުރޮޅާލައިފި

ސިނަމާލެ ބްރިޖް ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ވެހިކަލެއް ފުރޮޅާލައިފި އެވެ.

މިއަދު މެންދުރު ފަހު ހިނގި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

އެހެންވެ ވެހިކަލް ފުރޮޅާލި ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމެއް ވެސް ނޭނގެ އެވެ.

ދާދި ފަހުން ބްރިޖް ހައިވޭގައި ކުނި ލޮރީއެއް ވެސް ފުރޮޅާލާފައިވެ އެވެ.