Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: އަފްޣާން ސެލަޑް

* ބޭނުންވާނެ ތަކެތި:

3 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
ކުޑަ ކިއުކަންބާއެއް (ތޮށި މަށައި، ކުދިކޮށް ކޮށާފައި)
1 ކުޑަ ފިޔާ (ކުދިކޮށް ކޮށާފައި)
¾ ޖޯޑު ސިލާންޓްރޯ (ކުދިކޮށް ކޮށާފައި)
3 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
ބޭނުންވާ ވަރަށް ލޮނު، އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް:

ބޮޑު ބޯތައްޓެއްގައި ހުރިހާ ތަރުކާރީއެއް އެއްކޮށްލާށެވެ. އެއްކޮށްލި އެއްޗެތި ތެރެއަށް ލުނބޯ ހުތް އަޅާލާށެވެ. އަދި ލޮނު އަސޭމިރުސް ރަހަލާވަރަށް އަޅައި މިކްސްކޮށްލުމުން މި ސެލަޑް ތައްޔާރުކޮށްލެވުނީ އެވެ.

ބޭނުން ނަމަ ގަޑިއެއްހާއިރު ސެލެޑް ފްރިޖަށްލައި ފިނިކޮށްލެވިދާނެ އެވެ.