މޮޑިފައިކޮށްގެން ދުއްވި ބައިސްކަލުތަކެއް ފުވައްމުލަކުގައި ޓޯކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ބުނީ ޓޯކުރީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވި ބައިސްކަލުތަކެއް ކަމަށެވެ. އެއީ ހަތަރު ބައިސްކަކެވެ.
އޭގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް ބަދަލުތަކެއް ގެނެސްފައިވާ ބައިސްކަލަކާއި، މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވި ތިން ބައިސްކަލެއްް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެތި ޓޯކުރީ ދުވާރުމަތިން ދުއްވުމާއި، އެހެން ވެހިކަލްތަކަށް ހުރަސް އެޅޭ ގޮތަށް ނުރައްކާތެރިކޮށް ޒިގެޒެގްކޮށް ދުއްވުމުގެ އިތުރުން، ބައިސްކަލުގައި ދެމީހުން އަރައިގެން ދުއްވުމާ ގުޅިގެން ކަމަށެވެ. އަދި މި ފިޔަވަޅުތަކަކީ މަގު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުވައްމުލަކުގައި ބައިސްކަލުތަކއް ޓޯކުރި އިރު، ރާއްޖޭގައި ބައިސްކަލު ޓޯކުރުމަކީ އާންމު ކަމެއް ނޫނެވެ.