Last Updated: July 22, 17:21
Wednesday, July 22, 2026
ޚަބަރު

ދުވަސްވީ މީހެއްގެ އަތުން ފޭރިގެންފި

މާލޭގެ މަގެއްގެ މަތިން އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިރިޔާސް މަގުން ރޭ ހިނގާފައި ދިޔަ 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނައާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.