Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ވޯޓާސް ލިސްޓްގައި އަލުން ސޮއި ކުރަން ފަށައިފި

އިލެކްޝަން ކޮމިޝަން އީސީ) ގެ އިންތިހާބާ ބެހޭ މަރުކަޒުގެ އިމާރާތުގެ ކައިރީގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އެތަނުގައި ކުރަމުން އައި މަސައްކަތްތައް ސޯޝަލް ސެންޓަރަށް ބަދަލު ކުރުމަށް ފަހު، އަލުން ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުންފެ ފަރާތުން ސޮއި ކުރިން ކުރިއަށް ގެންދަން ފަށައިފި އެވެ.

އިންތިހާބީ މަރުކަޒާ ޖެހިގެން އިން ގުދަނެއްގައި ރޯވި ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓްގައި ސޮއި ކުރިން ވަނީ ރޭ ވަނީ މެދުކަނޑާލައިފަ އެވެ. ސޮއި ކުރަން ހުޅުވައިލީ އަންގާރަ ދުވަހު އެވެ.

އީސީން ބުނީ ސޯޝަލް ވޯޓާސް ލިސްޓްގައި ސޮއި ކުރުން ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ކަމަށެވެ.

ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންފާ އިރު އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އީސީން ބުނެފައިވެ އެވެ.

އަންނަ މަހުގެ 4 ގައި ތިން ވޯޓެއް ނަގަން ހަމަޖެހިފައިވެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓި އަށް މެންބަރުން ހޮވުމުގެ އިތުރުން ރިޔާސީ އިންތިހާބާއު މަޖިލިސް އިންތިހާބުގައި އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނަގާ ވޯޓެވެ.