Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ޓީވީ ބަތަލާ ދިވްޔަންކާ އަށް ދަރިޔަކު ލިބެނީ

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ދިވްޔަންކާ ޓްރިޕާތީ އަށް އަށް ދަރިޔަކު ލިބެން އުޅޭކަން މިއަދު އިއުލާންކޮށްފި އެވެ.

މަގުބޫލު ސިލްސިލާތަކެއް ކުޅެފައިވާ 41 އަހަރުގެ ބަތަލާގެ ކައިވެންޏަށް ވަނީ 10 އަހަރުވެފަ އެވެ. އޭނަ އާއި އެކްޓަރު ވިވެކް ދަހިޔާ، 41، ކައިވެނިކުރީ 2016 ގަ އެވެ.

އެ ދެ މީހުންނަށް ދަރިޔަކު ލިބެން އުޅޭކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ ހަޔާތުގައި ކުރިމަތިލާން ތައްޔާރުވާ އާ ހިތްގައިމު ދަތުރާ މެދު ވަރަށް އުފަލުން ތިބި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދިވްޔަންކާ ވިހާނީ ޖޫން މަހުގެ ތެރޭގަ އެވެ.

'ހަތުރޯން ކޭ ކިލާޅީ' ފަދަ ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފައިވާ ދިވްޔަންކާގެ އެންމެ ފަހުގެ ސިލްސިލާ އަކީ ސްޓާ ޕްލަސް އިން 2013-2019 އަށް ގެނެސްދިން 'ޔޭ ހޭ މުހައްބަތޭ' އެވެ. އޭނަގެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި 'ބަނޫ މޭ ތޭރީ ދުލްހަން' އަދި 'ތޭރީ މޭރީ ލަވް ސްޓޯރީ' ހިމެނެ އެވެ.