Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

އައްޑޫ އަށް ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

އައްޑޫސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން (58އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުުރުމުން ކޯޓު އަމުރެއްގެ ދަށުންް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.