Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ހަވާ އެރުވުމާއެކު ހިތަދޫ ސެންޓްރަލް ޕާކު މިރޭ ހުޅުވަނީ

އައްޑޫ ސިޓީ ހިތަދޫގައި ތަރައްގީ ކުރި ސެންޓްރަލް ޕާކު މިރޭ ހުޅުވުމަށް ނިންމައިފި އެވެ.

އައްޑޫ ކައުންސިލުން ބުނީ މި ޕާކު ހުޅުވުން އޮންނާނީ މިރޭ 8 ޖަހާއިރު ކަމަށެވެ. ޕާކު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ހަވާ އެރުވުމާއި ތަފާތު އެކި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ކައުންސިލުން ބަޔަކާ ހަވާލުކުރީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. ކައުންސިލުން އެ މަސައްކަތް ހަވާލުކުރީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ މޮޑާން ބިލްޑާސްއާ އެވެެ.

މީގެ ކުރިން ވެސް ހިތަދޫގެ ބައެއް ހިސާބުތަކުގައި ކުޑަކުދިންގެ ޕާކްތަކެއް ހެދި އެވެ. ނަމަވެސް އެތަންތަން ނުބެލެހެއްޓި ވަނީ ވީރާނާވެފަ އެވެ.