Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

20 އަހަރުން ދަށުގެ ސާފްގެ ޓިކެޓް މާދަމާ ވިއްކަނީ

އަންނަ ހަފުތާގައި ރާއްޖޭގައި ފަށަން ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު އަންނަ މާދަވާ ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އެފްއޭއެމުން ބުނީ މުބާރާތުގެ މެޗުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ، ސިޑިބަރި ޓިކެޓް 15ރ، ގޮނޑި ބަރި ޓިކެޓް 25ރ. އަދި ވީއައިޕީ އޭރިއާއިން 50ރ. އަށެވެ. ޓިކެޓު ވިއްކާނީ ގަލޮޅު ދަނޑާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ސެންޓްރަލް ޕާކްގެ އިތުރުން އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.

ވިހި އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ރާއްޖެ އާއި އިންޑިއާ އާއި ސްރީ ލަންކާ އާއި ޕާކިސްތާނާއި ބޫޓާނާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝް އެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ ލަންކާ އާއި ނޭޕާލް އަދި ބޫޓާނެވެ. ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.

މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ގަ އެވެ. އަދި މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 4 އާ ހަމައަށެވެ.