Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ހޯރަފުށީގެ މަޝްރޫއުތަކެއް އެމްޓީސީސީ އަށް

ހއ. ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރު ހަސަން ނައުފަލް ނާސިރެވެ.

ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 25.07 ހެކްޓަރުގެ ބިން ހިއްނާނެ އެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 580 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ޖެހުމާއި 270 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 1،496 މީޓަރު ސަރަހައްދެއްގައި ބައޮސްވޭލް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތްތައް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 199.6 މިލިއަން ރުފިޔާއަށެވެ.

ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 44.1 މިލިއަން ރުފިޔާއަަށެވެ. މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.