Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އީދު ބަންދަށް ފަހު ހޯމަ ދުވަހު ސަރުކާރު ހުޅުވޭނެ

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން.

ފިތުރު އީދުގެ ބަންދު ދުވަސްތަކަށްފަހު މި މަހުގެ 23ވާ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.

މިއީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ހަމަޖައްސާފައިވާ ގަޑިތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.