Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ބީއެމްއެލުން ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިތުރު ޢީދު ދުވަހުގެ އުފާ ފާޅުކޮށް މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢީދު ސައި ބާއްވައިފި އެވެ.

ބީއެމްއެލުން ބުނިގޮތުގައި ޢީދު ސައި ހަރަކާތްތައް ބާއްވާފައި ވަނީ ބީއެމްއެލްގެ ބްރާންޗްތައް ގާއިމުކޮށްފައިވާ 33 ރަށުގައެވެ.

ބީއެމްއެލްއިން މި ރަށްތަކުގައި ޢީދު ސައި ބާއްވާފައި ވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އާއިލާތަކާއި ރަށުގެ ރައްޔިތުންނަށް އެކުގައި ބައިވެރިވެ، އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަދަ އެކުވެރި މާހައުލެއްގައެވެ.

2019 ވަނަ އަހަރުން ފެށިގެން ބޭންކުން އަންނަނީ އެކި ރަށްރަށުގައި ޢީދު ސައި ހަރަކާތްތައް ބާއްވަމުންނެވެ. މިއީ މުޅި ރާއްޖޭގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ބޭންކުން ދެމުންގެންދާ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.