ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުން އަންނަ ދެ މީހުންނަކީ އިންޑިއާގެ ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ލޯންޗުގައި ޖުމުލަ 7 މީހުން ތިބި ކަމަށެވެ.
އެއީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެބެކެވެ. ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް 5 މީހަކު މޫދަށް ވެއްޓުނު ކަމަށެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާ އާއި އިންޑިއާގެ 4 ފިރިހެނުންނެވެ.
އޭގެ ތެރެއިން ނުފެންނަނީ އިންޑިއާ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.