Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ބުވަން ތައާރަފުކުރާ ފިލްމު ލޯންޗްކޮށްފި

އިންޑިއާގެ މަޝްހޫރު ޔޫޓިއުބާ ބުވަން ބަމް، ބޮލީވުޑަށް ތައާރަފުކުރާ ފިލްމު ލޯންޗްކޮށްފި އެވެ.

'ކުކޫ ކީ ކުންދަލީ' ކިޔާ މި ރޮމޭންޓިކް ކޮމެޑީ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އުފެއްދުމެކެވެ. މި ފިލްމު ރަސްމީކޮށް އިއުލާންކުރީ މި އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެންނަން ނިންމާފައިވާ އިންޑިއާހެ ކޮންޓެންޓްތައް ލޯންޗްކުރަން އިއްޔެ މުމްބާއީގައި ބޭއްވި އިވެންޓްގަ އެވެ.

ދަރުމާ އިން ބުނި ގޮތުގައި ސިނަމާތަކަށް ފިލްމު ގެނައުމަށް ފަހު 'ކުކޫ ކީ ކުންދަލީ' ޕްރައިމް ވީޑިއޯ އަށް ދޫކޮށްލާނެ އެވެ. އެކަމަކު ފިލްމު ސިނަމާތަކަށް ގެންނަ ތާރީހާއި ސްޓްރީމިން އަށް ދޫކޮށްލާނެ ތާރީހެއް ހާމައެއް ނުކުރެ އެވެ.

'ކުކޫ ކީ ކުންދަލީ' އަކީ ޝަރަން ޝަރުމާގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ ދަރުމާގެ 2024 ގެ 'މިސްޓަ އެންޑް މިސިޒް މާހީ' އާއި 2020 ގެ 'ގުންޖަން ސަކްސޭނާ؛ ދަ ކަރްގިލް ގާލް' ވެސް ގެނެސްދިން ޑައިރެކްޓަރެވެ. މިހާރު ސިދާތު މަލްއުތުރާ ހިމަނައިގެން ފިލްމެއް ހެދުމުގެ ތައްޔާރީތައްވަމުން އަންނަ ޝަރަންގެ 'ކިކޫ ކީ ކުންދަލީ' ގައި ބުވަންއާ އެކު ބަތަލާގެ ރޯލުން މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ވަމީގާ ގައްބީ އެވެ.

އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒްކުރަން ނިންމާފައިވާ އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ 'ބޫތު ބަނގްލާ' އެވެ.