* ބޭނުންވާ ތަކެތި:
1 ސައިސަމުސާ ތެޔޮ
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
1 ބޮޑު އަލުވި (ތޮށި މަށައި، ކުދިކޮށް ކޮށާފައި)
1 ބަށި (ތޮށި މަށައި، ކުދިކޮށް ކޮށާފައި)
250 ގްރާމްސް މަޝްރޫމް (ކުދިކޮށް ކޮށާފައި)
4 ސަމުސާ ހަވާދު
ހިކަނދި ފަތް، ރާނބާ ފަތް
ރަހަލާ ވަރަށް ލޮނު
3 ލޮނުމެދު އަދި ކުޑަ އިނގުރުކޮޅެއް (ޕޭސްޓްކޮށްފައި)
150 އެމްއެލް ވެޖިޓަބަލް ސްޓޮކް
2 ޖޯޑު ކާށި ކިރު
* ތައްޔާރު ކުރާނެ ގޮތް:
ތެއްޔެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށް ފަހު ފިޔާކޮޅާއި، އަލުވި، ހިކަނދިފަތް، ރާނބާފަތް، ލޮނުމެދު، އިނގުރު އަދި މިރުސް އަޅާ އެއްކޮށްލާށެވެ. ދެން އުނދުނުގެ ގިނަ މަޑުކޮށްލާފައި މަތިޖަހައިގެން 5 މިނެޓު ކައްކާލާށެވެ. ދެން އޭގެ ތެރެއަށް މަޝްރޫމް އަދި ބަށިކޮޅު އަޅާ އެއްކޮށްލުމަށް ފަހު އަނެއްކާ ވެސް ތެލީގެ މަތިޖަހާ ފަސް މިނެޓު ކައްކާލާށެވެ.
ފަސްމިނެޓުވުމުން ހަވާދުކޮޅާއި، ލޮނުކޮޅެއް އަޅާ އެއްކޮށްލުމަށް ފަހު ދެ މިނެޓެއްހާއިރު ކައްކާލާށެވެ. އަދި ވެޖިޓަބަލް ސްޓޮކް އަދި ކިރު ކޮޅު އަޅާ ކުޑަކޮށް ގިނި ގަދަކޮށްލާފައި 10 މިނެޓެއްވަންދެން ކައްކާލާނީ އެވެ.