Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އުމްރާ އަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

މިއަހަރުގެ ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ ތަވައްކަލް ޖަމާޢަތުގެ ހަވާލުގައި ރޯދަ މަހުގެ ޢުމްރާގެ އަޅުކަމަށް ދިޔަ، މ. ވެލިވަނި (ހުޅުމާލެ ލޮޓް 10089 ނިރޮޅުމަގު) އިބްރާހިމް ރަޝީދު އެވެ.

އިބްރާހިމް ރަޝީދު ނިޔާވީ މައްކާގެ ނޫރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

މިއަހަރުގެ ރޯދަ މަހު އުމްރާ އަށް ގޮސް އުޅެނިކޮށް މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ވެސް މީހަކު ނިޔާވެފައިވެ އެވެ. އެއީ ގދ. ނަޑެއްލާ / އަލީ އިބްރާހީމް ދީދީ އެވެ.