Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

'ކޯލް މީ ބޭ' 2 ގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ފުރަތަމަ ވެބް ސީރީޒް 'ކޯލް މީ ބޭ' ގެ ދެވަނަ ސީޒަންގެ ޓީޒާ ދައްކާލައިފި އެވެ.

މި ކޮމެޑީ ޑްރާމާ ސީރީޒަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2024 ގައި އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ގެނެސްދޭން ފެށި އެއްޗެކެވެ. އެ އަހަރު ގެނެސްދިން އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި 'ކޯލް މީ ބޭ' ގެ ފުރަތަމަ ސީޒަންގައި 8 އެޕިސޯޑް ހިމެނެ އެވެ.

ފެޝަނުގެ ދުނިޔޭގެ ވާހަކައެއް ކިޔައިދޭ ސީރީޒްގެ ކާސްޓްގައި އަނަންޔާއާ އެކު ފެނިގެން ދިޔަ ކާސްޓުންގެ ތެރޭގައި ގުރްފަތޭ ޕިރްޒާދާ، ވަރޫން ސޫދު، ވީރް ދާސް، ވިހާން ސަމަތު، މޯހިތު ޗޯހާން، ލީސާ މިޝްރާ އަދި މިނީ މާތޫރް ހިމެނެ އެވެ.

'ކޯލް މީ ބޭ' ގެ ދެވަނަ ސީޒަންގެ ޓީޒާ ދައްކައިލީ މި އަހަރަށް ޕްރައިމް ވީޑިއޯ އަށް ދޫކޮށްލަން ހުރި އިންޑިއާގެ ކޮންޓެންޓްތައް ދައްކައިލަން މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީގައި ބޭއްވި އިވެންޓްގަ އެވެ. އާ ސީޒަންގެ ޓީޒާ ދައްކައިލި ނަމަވެސް ސީރީޒް ޕްރީމިއާ ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އަނަންޔާއާ އެކު 'ކޯލް މީ ބޭ' އިން މި ފަހަރު ފެންނާނެ އެންމެ ފާހަގަކޮށްލެވޭ އެކަކީ މަޝްހޫރު ބަތަލާ ޝްރޫތީ ހަސަނެވެ.

މި ސީރީޒްގެ ޑައިރެކްޓަރަކީ ކޮލިން ޑި ކަންހާ އަކީ އޭނަ އަކީ މިދިޔަ އަހަރު ދަރުމާ އިން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން ސީރީޒް 'ޑޫ ޔޫ ވޮނަ ޕާޓްނާ؟' ގެ ވެސް ޑައިރެކްޓަރެވެ.