ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތު އަންހެން ދެ ފުލުހަކުވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ކޮށްފައިވަނީ މި މަހުގެ 3 ގަ އެވެ.
ކޯޓުގެ ހުކުމާ ގުޅިގެން، އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމައި އެކަމާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިދާރީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އަންނަ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.
މީގެ ކުރިން ވެސް އެކިއެކި މައްސަލަތަލުގައި ފުލުހުން ވަޒީފާތަކުން ވަކިކޮށްފައިވެ އެވެ.
ނަމަވެސް މި ފަހަރު ވަޒީފާތަކުޔން ވަކިކުރަން ނިންމި ދެ ފުލުހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެހެންވެ ކުށް ސާބިތުވި ދެ މީހުން ނަމާއި، އެ މީހުން ތިބި ރޭންކާއި ހާދިސާ ހިނގި ގޮތުގެ އިތުރު ތަފުސީލެއް ވެސް ސާފެއް ނުވެ އެވެ.