Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ކޮންޑޯގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށަނީ

މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ޖަރުމަންގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

ކޮންޑޯގެ 2026 ވަނަ އަހަރުގެ ލޯންގް-ހޯލް ޝެޑިއުލްގައިވާ ގޮތުން، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރަން ހަމަޖެހިފައިވެ އެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރުގަ އެވެ.

މި ދަތުރުތައް ކުރިއަށް ގެންދާނީ އަންނަ މެއި މަހުގެ 1 އިން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށެވެ.

ކޮންޑޯ އެއާގެ ދަތުރުތައް އަލުން ފެށުމަށް ނިންމީ ޖަރުމަނުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ. ޖަރުމަނަކީ ރާއްޖެއަށް އެންމެ އެންމެ ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެގޮތުން އަބަދު ވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނެ އެވެ.