Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: މައިލޯ ޗޮކްލެޓް ކޭކް

* ބޭނުންވާ ތަކެތި

1 ޖޯޑު ކޮކޯ ޕައުޑާ
1/2 ޖޯޑު މައިލޯ
1/2 ލާހި ފުށް
1 ޖޯޑު ހަކުރު
3 ބިސް
1 ޖޯޑު ހިކިކިރު
1 ސައިސަމުސާ ވެނީލާ އެސެންސް
1 ސައިސަމްސާ ބޭކިން ޕައުޑަ
1/2 ޖޯޑު ތެޔޮ
ފުލްކުރީމް މިލްކު ޕެކެޓް ކުޑަ
ބަޓަރު

* ތައްޔާރު ކުރާނެ ގޮތް:

ބިސް, ހަކުރު, އެސެންސް، ތެޔޮ އަދި 1/3 ޖޯޑު ފުލްކުރީމް މިލްކު އަޅައިގެން މިކްސްޗަރުން މުގުރާލާށެވެ. ދެން ފުށް، ކޮކޯ ޕައުޑަ، މައިލޯ، ބޭކިން ޕައުޑަ އަދި ހިކި ކިރު އެއްކޮށްލުމަށް ފަހު މިކްސްޗަރުން މުގުރި ތަކެތި އަޅަމުން އެއް ކުރާށެވެ.
ކޭކް މިކްސްގަނޑު ހިކިނަމަ ކުޑަކޮށް ދިޔާވާ ވަރަށް ފުލްކްރީމް މިލްކް އަޅާލާށެވެ. ދެން ޓްރޭ ހޫނުކުރުމަށް ފަހު ބަޓަރު ހާކައި އެއަށް ކޭކް މިކްސް އަޅާލުމަށް ފަހު އަވަނުން ކޭކް ފިހެލުމަށްފަހު މައްޗަށް މައިލޯ ކޮޅެއް ބުރުވައިލާށެވެ.