Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކަން ފަށައިފި

އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށަން ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓް މިއަދު ވިއްކަން ފަށައިފި އެވެ. އަންނަ މާދަވާ ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އެފްއޭއެމުން ބުނީ މުބާރާތުގެ މެޗުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަށް ބަލާ އިރު، ސިޑިބަރި ޓިކެޓް ވިއްކަނީ 15ރ، އަށެވެ. އަދި ގޮނޑިބަރި ޓިކެޓް ވިއްކަނީ 25ރ. އަށެވެ. ޓިކެޓް ވިއްކަނީ ގަލޮޅު ދަނޑާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ސެންޓްރަލް ޕާކްގެ އިތުރުން އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.

ވިހި އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ރާއްޖެ އާއި އިންޑިއާ އާއި ސްރީ ލަންކާ އާއި ޕާކިސްތާނާއި ބޫޓާނާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝް އެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ ލަންކާ އާއި ނޭޕާލް އަދި ބޫޓާނެވެ. ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.

މުބާރާތް ހޯމަ ދުވަހު ފަސާ އިރު، އަންނަ މަހުގެ 4 އާ ހަމައަށް މުބާރާތް ކުރިއަށް ދާނެ އެވެ.