Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހިތަދޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ

އައްޑޫ ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހިތަދޫ އަބޫހެރަ ހިއްކި ސަރަހައްދުގައި އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ ހަވީރު 5:00 އެހާކަށްހާ އިރު ކަމަށެވެ. ކާރު ފުރޮޅާލި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ކާރު ދުއްވަން އިން މީހާ ސީރިއަސް ގެއްލުންތަކެއްވެފައިވާ ކަމަށެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، ޓެކްސީ ބޯޑް އިން ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެނެ އެވެ.