Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ސާމަރާދޫނީގެ ތަބީޢަތް!

މި ދުވަސްވަރަކީ ދޫނިރާއްޖޭގައި، ދޫނި ދޫނީގެ ވާހަކަ ވަރަށް ގިނައިން އަޑުއިވޭ ދުވަސްވަރެކެވެ. ވީމާ، ދޫނީގެ ޠަބިޢަތާއި ބެހޭގޮތުން އެއްޗެއް ބުނެލަން ހިތަށް އެރީއެވެ. ދޫނިދޫނީގެ ބޭރުފުށުގެ ރިވެތިކަމަށް މާބޮޑަށް އިތުބާރު ނުކުރާށެވެ. ސާމަރާދޫންޏަކީ، ދުނިޔޭގައި ލެއްވި ދޫނިތަކުގެ ތެރެއިން، އެންމެ ރިވެތި އެއް ދޫންޏެވެ.

އެކަމަކު، ސާމަރާދޫނީގެ ޠަބީޢަތް، އޭގެ ބޭރުފުށުގެ ރިވެތިކަމާ އަޅައިބަލާއިރު، އެހައި ރީއްޗެއް ނޫނެވެ. ސާމަރާދޫންޏަށް އަބަދުވެސް އެންމެ މީރު ކެއުމަކީ ހަރުފަ އެވެ.

މި ވާހަކަކޮޅުން ބަޔާންކޮށް ދެނީ ފިޠުރަތުގެ ޙަޤީޤަތެކެވެ. އެކަމަކު، މިވާހަކަކޮޅުގެ އަސްލު މަޤުޞަދަކީ އިންސާނުންގެ ރަވައްޔާއާ ބެހޭގޮތުން އެއްޗެއް ބުނެލުމެވެ. ބޭރުފުށުގެ ރިވެތިކަމާއި، އެތެރެފުށުގެ ޙަޤީޤަތަކީ މުޅިން ތަފާތު ދެކަމެކެވެ. އިންސާނުންނަކީވެސް އެފަދަ ބައެކެވެ.

ސާމަރާދޫންޏަކީ، ދުނިޔޭގެ އެންމެ ރިވެތި އެއް ދޫނި ކަމަށްވާ އިރު، ބައެއް ހަރުފައަކީ ބިރުވެރި އަދި އެހައިމެ ވިހަގަދަ އެއްޗެކެވެ. ތިރީގައިވާ ތަސްވީރުން ހަނދާން ކޮށްދެނީ، ދޫނީގެ ޖާޒުބީ މޫނާއި އަދި ލޫޅާފަތި، ހަށިގަނޑަކީ، އެ ދޫނީގެ އަސްލު ޙަޤީޤަތް ހާމަކޮށްދޭ މީޢާރެއް ނޫންކަމެވެ.

ސާމަރާދޫނި ބޭރުފުށުން ކިތަންމެ ރީއްޗަކަސް، އޭގެ ޝިކާރަވެރި ޠަބީޢަތެއް ނުފޮރުވޭނެ އެވެ. ހަމަ އެފަދައިން ބައެއް ފަހަރު، ބޭރުފުށުން އަހުރެމެން ވަރަށް ޝައުޤުވެރިވާ އަދި މަޢުސޫމް ކަމަކަށް ފެންނަ މީހުންނަކީ އެތެރެފުށުން ވަރަށް ހަރުކަށި އަދި ނުރައްކާތެރި ބަޔަކަށް ވެދާނެއެވެ.

މި ވާހަކައިން އަހުރެމެންނަށް ލިއްބައިދޭ ފިލާވަޅަކީ ހަމައެކަނި ދޫންޏެއްގެ "ސަތަހީ ސިފަތަކަށް" ބަލާފައި، ލޯމަރާލައިގެން ދޫންޏަށް އިތުބާރު ނުކުރުމަށެވެ. ދޫނީގެ "ޠަބީޢަތާއި" މިހާތަނަށް ތަޖުރިބާ ކުރެވިފައިވާ އޭގެ "ޢަމަލުތަކަށް" ބަލައިގެން، ދޫނީގެ މައްޗަށް ޙުކުމްކުރުމަށެވެ.

ނޯޓް: މިއީ ހަސަން ލަތީފްގެ ލިޔުއްވުމެކެވެ.